އެއްހަމަކުރާއިރު މުސާރަ ކުޑަވާތީ، ފުވައްމުލަކު ކޯޓުގެ 23 މުވައްޒަފުންގެ ތެރެއިން އޮފީހަށް ނުކުތީ ތިން މީހުން

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 2:16

ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން އިހުތިޖާޖުކުރަން ފަށައިފިއެވެ.

ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.

މައުޟޫޢުތަށް