ބޭސް ކުންފުންޏާ އެކު، މިހާރު ހުރި ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ: ހެލްތު މިނިސްޓަރު
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 1:21
ދިވެހިރާއްޖެއަށް ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ ސަބަބުން މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި، އާ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ސެޕްޓެންބަރު ނުވައެއްގައި ވަނީ އުފައްދަވާފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެވިފައި އޮތީ، ވަށާ ޖެހޭ ސިއްހީ ނިޒާމެއް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ.