އައްޑޫން ގޫގުލްއަށް ދޭ ބިމުން މަހަކު 1.1 މިލިއަން ލިބޭނެ ކަމަށް ލަފާކޮށް، ކައުންސިލަށް ދޭން އެދެނީ

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 3:07

އައްޑޫ ސިޓީ ހިތަދޫގައި ގޫގުލްއިން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ދީފައިވާ ބިމުން މަހު ކުއްޔަށް 1.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް، އެ ފައިސާ ކައުންސިލަށް ދިނުމަށް އެދެން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ، ގޫގުލްއިން ރާއްޖޭގައި ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރާ ފެސިލިޓީއަކަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، ގޫގުލްއަށް ދޭ ބިމާ ގުޅޭ ގޮތުން، އައްޑޫ ސިޓީ ހިތަދޫ ކޮރޮވައު ކައުންސިލަރު އަދި ބިމާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝިނާޒް ވިދާޅުވީ، ހިތަދޫން ހިއްކައިފައިވާ ސަރަހައްދުން ސަރުކާރުން އެދިގެން ދިނީ 161،000 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެ ބިން ފުރަތަމަ ހޯދީ ހައުސިން މިނިސްޓްރީން އެދިގެން ކަމަށާއި، ނަމަވެސް ބިން ބޭނުންކުރާނެ ގޮތުގެ އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް