ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޕީއެންސީގެ ބޮޑު ޖަލްސާއަށް ޚަރަދުކޮށްފައިވޭތޯ ބަލަން އޭސީސީއަށް

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 3:53

މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ބޭއްވި ޖަލްސާއަށް ޚަރަދުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، އެ ޖަލްސާއަށް ފައިސާ ޚަރަދުކުރި ގޮތް ތަހުގީގު ކޮށްދިނުމަށް އެދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހުށަހަޅައިފިއެވެ.

އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި، އޭސީސީއަށް ހުށަހެޅީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް)އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ، ޕީއެންސީގެ ބޮޑު އެއްވުމަށް 60 މިލިއަން ރުފިޔާ ޚަރަދުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް