ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް އެމްޕީއެލްއިން ވަޒީފާ ދީފި

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 4:13

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ޔަގީންކޮށްދިނުމަށް ޕްރޮގްރާމެއް ފަށައި، ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް މިއަދު ވަޒީފާގެ ލިޔުން ދީފިއެވެ.

އެމްޕީއެލްގެ "ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، އެފަދަ ޕްރޮގްރާމްތަކުން ފަހިވާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވާ ކަމަށް ވިދާޅުވިއެވެ. އަދި، އެއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއްކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް