39 މިލިއަން ރުފިޔާއަށް މާލޭގައި ހަދާ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 4:05

މާލޭގައި ހަދާ ވަގުފް އިމާރާތް "ދާރުލް އަރުޤަމް"ގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި އިމާރާތުގެ ބިން އަޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޙީމެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ/ ރައީސް އޮފީސް

މައުޟޫޢުތަށް