ސުޕްރީމް ކޯޓަށް ފަހު، ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއިން ބަލަން ފަށައިފި

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 4:39

ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް, ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހައިކޯޓުގެ 11 ފަނޑީޔާރުންގެ ތެރެއިން ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތުން މި ހަފްތާގައި އިސްތިއުފާދިން މުހައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ މުހައްމަދު ނިޔާޒް އަދި ހުސެއިން މަޒީދުއާއި ހައިކޯޓުގެ ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލައެވެ.

މައުޟޫޢުތަށް