މި އަހަރުގެ މާޗްއިން އޮކްޓޫބަރުގެ ނިޔަލަށް އެއާ އެމްބިއުލާންސްގައި 1،800 ބަލިމީހުން އުފުލި
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 4:38
މި އަހަރުގެ މާޗު މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް އެއާ އެމްބިއުލާންސްގައި 1،800 ބަލިމީހުން އުފުލާފައިވާ ކަަމަށް މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ.
މޯލްޑިވިއަންއިން މިއަދު ނެރުނު ތަފާސްހިސާބުގައި ވަނީ އެ އެއާލައިންގެ އެއާ އެމްބިއުލާންސްގައި މާޗު މަހުގެ އެއް ވަނަ ދުވަހުން، އޮކްޓޫބަރު މަހުގެ 31ގެ ނިޔަލަށް 1،562 ދަތުރުކޮށްފައިވާ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހެވެ. މި އަހަރުގެ މާޗް އެއްވަނަ ދުވަހުގެ ނިޔަލަަށް އެ އެއާލައިންގެ އެއާ އެމްބިއުލާންސްގައި 787 ދަތުރުތައް ކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއާ އެމްބިއުލާންސްގައި 931 ބަލިމީހުން އުފުލާފައިވާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.