ހައިކޯޓު ފަނޑިޔާރުންގެ މައްސަލަ ބަލަނީ ކޯޓުތައް ކޮންޓްރޯލްކުރުމަށް ރާވައިގެން: އެމްޑީޕީ
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 8:06
ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ކުއްލިގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފެށުމަކީ ޤާބިލު ފަނޑިޔާރުން ވަކިކޮށް، ނާޤާބިލު މީހުން އެ މަޤާމުތަކަށް އައްޔަންކޮށް ކޯޓުތައް ކޮންޓްރޯލްކުރުމަށް ޓަކައި ރާވައިގެން ކުރާ މަސައްކަތެއް ކަމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ.
ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށިކަން ހާމަކުރީ މިއަދެވެ.
://./214188