މާލެއާއި ވިލިމާލޭން 157 ބިމެއް ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވޭ
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 10:18
މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ތަފްސީލު މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ކައުންސިލުން ކުއްޔަށް ދީފައިވާ ތަންތަނާއި އެހެނިހެން ބިންތަކުގެ ދަފުތަރު އެކުލަވާލައި އެ ދަފުތަރު ބެލެހެއްޓުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ ކައުންސިލުން މާލެ ސަރަހައްދުން ކުއްޔަށް ދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައިފައިވާ ލިސްޓްތައް އާންމުކުރީ ކަމަށް، އިއުލާނުގައިވެއެވެ.