ދިވެހިންނަށް ދެން ގާނޫނުގެ ހިމާޔަތް ލިބޭނީ މަގުމަތިން: އިބުރާ

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:35

ދިވެހީންނަށް ދެން ގާނޫނުގެ ހިމާޔަތެއް ލިބޭނީ އަނެއްކާ ވެސް މަގުމައްޗަށް ނިކުމެ، އަޑުއުފުލުމުން ކަމަށް، މާލެ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) މިއަދު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ކޮމިޝަނުން ކުއްލިގޮތަކަށް ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ބަލަން ފަށާފައިވާކަން ހާމަކުރިކުރުމަށް އިޝާރާތްކުރައްވައި 'ފޭސްބުކް'ގައި އިބުރާ ލިޔުއްވާފައިވަނީ މިއަދު މި ފެންނަނީ ރާއްޖޭގެ ކޯޓުތައް އެޑްމިނިސްޓްރޭޓިވް ޓްރައިބިއުނަލްތަކަކަށް ބަދަލުކުރުމުގެ މަރުހަލާގެ ދެވަނަ ފިޔަވަހި ފެށުނު މަންޒަރު ކަމަށެވެ.

އަދި މިއީ ކަންބޮޑުވުންހުރި ކަމެއް ކަމަށް ވެސް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ކަން ކުރެވެންދެން ސަރުކާރުން އެކި ހައްގުތައް ހިފަހައްޓާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މައުޟޫޢުތަށް