ފައިނޭންޝަލް ހަބު ތަރައްގީކުރާ އޮތޯރިޓީގެ ވެރިޔަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް

ސަން

20 ނޮވެމްބަރު 2025 | ބުރާސްފަތި | 10:47

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ދިވެހި ސަރުކާރުގެ އިދާރާ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) އިން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުގެ މަގާމަށް މެލޭޝިއަގެ ތަޖުރިބާކާރު ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ އައްޔަންކޮށްފިއެވެ.

ދާތޯ އިސްކަންދަރަކީ، މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި، އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ދާތޯ އިސްކަންދަރު ވަޒީފާގެ ދާއިރާއަށް ނުކުމެވަޑައިގަތީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިންނެވެ. އޭގެ ފަހުން، 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ.

މައުޟޫޢުތަށް