މާލެ ރައްޔިތުންނަށް ހައްގީ މައިޒާން ހެދުމެއް ނޫން، ސްމާޓް ސިޓީއަކަށް ބަދަލުކޮށްލާނަން: އާޒިމް
ސަން
20 ނޮވެމްބަރު 2025 | ބުރާސްފަތި | 11:35
މާލެ ރައްޔިތުންނަށް ހައްގު މިންވަރަކީ ކާނު ސާފުކުރުމާއި ގަބުރުތައް ތަނަކަށް އުކާލައި މައިޒާނެއް ހެދުމާއި ގަސް އިންދުމެއް ނޫން ކަމަށާއި، މޭޔަރުކަމަށް ހޮވައިދީފިނަމަ މާލެއަކީ ރައްޔިތުންނަށް ފަސޭހައިން އުޅެވޭ ސްމާޓް ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީން މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރައްވައި، އާޒިމް ވަނީ މިރޭ އާޓިފިޝަލް ބީޗުގައި ކެމްޕެއިން ލޯންޗްކުރައްވައިފައެވެ.
އެމްޑީޕީގެ މެންބަރުންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ޚަރަދުތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި، ސިޓީ ކައުންސިލްގެ ކުރީގެ ވެރިން ރައްޔިތުންގެ ފައިސާ ބޭނުންކުރިގޮތް ބަލަން ރައްޔިތުން ބޭނުންވާ ކަމަށެވެ.