އިންޓަނޭޝަނަލް އިޤްބާލް ކޮންފަރެންސްގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ބައިވެރިވެވަޑައިގެންފި
ސަން
21 ނޮވެމްބަރު 2025 | ހުކުރު | 11:19
ޕާކިސްތާނުގެ ބަލުޗިސްތާނު ސަރަހައްދުގެ ވެރިރަށް ކޮއިޓާގައި ކުރިއަށްދިޔަ "އިންޓަނޭޝަނަލް އިޤްބާލް ކޮންފަރެންސް 2025"ގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވައިފިއެވެ.
އިޤުބާލް ކޮންފަރެންސަކީ ޑރ. އައްލާމާ މުހައްމަދު އިޤްބާލްގެ ޅެންވެރިކަމާއި ފަލްސަފާ ޕްރޮމޯޓުކުރަން ކޮންމެ އަހަރަކު ވެސް އިޤްބާލް އެކެޑަމީގެ ފަރާތުން ބާއްވާ ކޮންފަރެންސެކެވެ.
މި އަހަރުގެ މި ކޮންފަރެންސް ބޭއްވީ މި މަހު 18 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތައުމީރެ ނައު ޓްރަސްޓު ކޮލެޖުގައެވެ.