ލޯބިވެޔޭ ކިޔައިގެން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ސާބިތުނުވުމުން، އަލުން ބަލަން އަންގައިފި

ސަން

21 ނޮވެމްބަރު 2025 | ހުކުރު | 12:35

އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު ދެކެ ލޯބިވެޔޭ ކިޔައިގެން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.

މިއީ، ދެކުނުގެ ރަށެއްގައި 2022 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ފިރިހެނަކު ވަނީ ސައިކަލެއްގައި އެ ކުޑަ އަންހެން ކުއްޖާ ގޮވައިގެން ދަމުން، އެ ކުއްޖާގެ އުމުރާ ނުގުޅޭ ގޮތަށް ކުއްޖާއާ ވާހަކަދައްކައި، ކުއްޖާ ދެކެ ލޯބިވާކަމަށް ބުނެ، ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައިފައެވެ.

އެ މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ކުރި ނަމަވެސް، ދަށު ކޯޓުން ނިންމީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.

މައުޟޫޢުތަށް