ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވާނޭ ވިދާޅުވި އަހަރު، 2 ބިލިއަން ޚަރަދުކޮށްގެން ގާކޮޅެއް ވެސް ނުބޭންދުނު: ޔާމީން

ސަން

21 ނޮވެމްބަރު 2025 | ހުކުރު | 12:29

މި އަހަރަކީ ބޯހިޔާވަހިކަމުގެ 'ރަން ޒަމާނަކަށް' ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އަހަރު ނިމޭއިރު އެންމެ ގާކޮޅެއް ވެސް ބައިންދާނުލެވޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބަޖެޓު ސަރުކާރުން ޚާއްސަކުރީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާށެވެ.

ނިމެން މިދާ އަހަރަކީ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދަވާނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި، ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. އެ ކަމަށް ރިކޯޑު އަދަދެއް ރައްކާކޮށްފައިވާނެކަން ވެސް އެ މަނިކުފާނު މިދިޔަ އަހަރު ތަކުރާރުކޮށް އިއުލާނުކުރެއްވިއެވެ.

މައުޟޫޢުތަށް