ހާދިސާއަށް މަހެއް ވަނީ: އެއާޕޯޓުން ފޭރުނު ޑޮލަރަށް ވީ ގޮތް އަދިވެސް ނޭނގޭ!
ސަން
21 ނޮވެމްބަރު 2025 | ހުކުރު | 3:44
މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު ފަތިހު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޭރުނު ޑޮލަރުތަކަށް ވީ ގޮތް އަދިވެސް ނޭނގޭކަން އެނގިއްޖެއެވެ.
'ސަން'އިން ވާނީ އެ މައްސަލައިގެ އިތުރު ތަފުސީލު ހޯދުމަށް އިއްޔެއާއި މިއަދު ވެސް ފުލުހުންގެ މީޑިއާގައި އެދިފައެވެ. ޖަވާބުގައި، ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިތުރު ތަފުސީލެއް މި ވަގުތު ނެތް ކަމަށާއި ލިބުނުހާ އަވަހަކަށް ހިއްސާކުރާނެ ކަމަށެވެ.
އެ މައްސަލައިގައި މި މަހު ދިހަވަނަ ދުވަހު ފުލުހުން ބުނީ، އެހާތަނަށް ޖުމުލަ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ: