މިރޭ މާލޭގައި ތިން މިނެޓަށް ހަވާ އަރުވަނީ
ސަން
21 ނޮވެމްބަރު 2025 | ހުކުރު | 3:33
މާލޭގައި މިރޭ ތިން މިނެޓަށް ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް, ސިފައިން ބުނެފިއެވެ.
ސިފައިން ބުނީ މިރޭ ހަވާ އެރުވުމަށް ނިންމާފައި ވަނީ މާލޭގެ ލެމަންގްރާސް ސިޓްރޮންއާ ދިމާ ބޭރުން މިރޭ 21:15ގައި ކަމަށެވެ.
ތިން މިނެޓަށް އެ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން އަމިއްލަ އިވެންޓަކަށް, ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކަމަށް ސިފައިން ބުންޏެވެ.