4 އަހަރު ތެރޭ ކާރިސާތަކުގައި ލިބުނު ގެއްލުމަށް 24 މިލިއަން ރުފިޔާ
ސަން
21 ނޮވެމްބަރު 2025 | ހުކުރު | 4:32
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން 2021 އިން މިދިޔަ އަހަރުގެ ނިޔަލަށް ގުދުރަތީ ކާރިސާތަކުގައި ލިބުނު ގެއްލުމަށް 24 މިލިއަން ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ ހަތަރު އަހަރުގެ އެންޑީއެމްއޭގެ ކަންކަން ފާހަގަކޮށް، އޮޑިޓު ރިޕޯޓެއް އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ އެ އޮތޯރިޓީން މައިގަނޑު ގޮތެއްގައި ޚަރަދުކުރަނީ ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުމަށް ފޯރުކޮށްދޭ އެހީތަކަށް ކަމަށެވެ. އެގޮތުން، މިދިޔަ ހަތަރު އަހަރު އެ ބާވަތުގެ އެހީތަކަށް ޖުމުލަ 24.4 މިލިއަން ރުފިޔާ އެ އޮތޯރިޓީން ވަނީ ޚަރަދުކޮށްފައެވެ.