ފިލްމު އިންޑަސްޓްރީއަށް ރައީސްގެ ނަސޭހަތެއް: "އިސްލާމީ ހުދޫދުން ބޭރުނުވޭ"

ސަން

21 ނޮވެމްބަރު 2025 | ހުކުރު | 5:28

އިސްލާމީ ހުދޫދުން ބޭރު ނުވުމަށް ގޮވާލައްވައި، ފިލްމު އިންޑަސްޓްރީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަސޭހަތެއް ދެއްވައިފިއެވެ.

އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު، އިސްލާމް ދީނާ އެއްގޮތަށް ދިވެހީންގެ އަމަލުތައް ބެހެއްޓުމަކީ އުފަލާއެކީ ކުރަންވާނެ ކަމެއް ކަމަށެވެ.

އެގޮތުން، މުސްލިމުންގެ ސަގާފަތާއި ޚިލާފު ކަންކަމާ ދުރުވާން ޖެހޭ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ފިލްމީ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އުޅޭ މީހުންނަށް ނަސޭހަތެއް ދެއްވާފައެވެ.

މައުޟޫޢުތަށް