ޑުރަގު ވިޔަފާރިކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބު ދޭނެ ގޮތެއް ހޯދަން ދިރާސާ އެބަކުރަން: އުޝާމް
ސަން
21 ނޮވެމްބަރު 2025 | ހުކުރު | 9:18
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބު ދެވޭނެ ގޮތެއް ހޯދުމަށް ދިރާސާކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަނައިބު ވިދާޅުވީ، ގާނޫނުގައި ހުރި "ބާގަނޑުތައް" ބެއްދުމަށް މިދިޔަ ދެ އަހަރު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން، މަސްތުވާތަކެތީގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެ ގާނޫނުގައި ހުރި "ބާގަނޑުތައް" ހޯދައިގެން އެ މައްސަލައަށް ހައްލެއް ގެނައުމަށް ޓަކައި ކަމަށް އުޝާމް ވިދާޅުވިއެވެ.