ފަރުވާ ހޯދާ މީހުންނަށް ޑުރަގު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭ މުވައްޒަފުގެ ބަންދަށް 15 ދުވަސް
ސަން
21 ނޮވެމްބަރު 2025 | ހުކުރު | 9:52
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ، އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި 51 އަހަރުގެ މުހައްމަދު ފަސީހު، ފްލޮރިޑާ/ސ. ފޭދޫއެވެ.
ފުލުހުން އިއްޔެ ބުނީ އޭނާ ހައްޔަރުކުރީ އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތިދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކަމަށެވެ.