ފާޑުކިޔުންތަކަށް ޖޭއެސްސީގެ ރައްދު: "ވަކި ކޯޓެއްގެ ވަކި ފަނޑިޔާރުންނަށް ވަކި ގޮތެއް ނުހަދާނަން"
ސަން
21 ނޮވެމްބަރު 2025 | ހުކުރު | 9:43
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންގެ މައްސަލަ ބަލަނީ، ވަކި ފަނޑިޔާރެއް، ވަކި ކޯޓަކަށް ނިސްބަތްވީތީ، ތަފާތުކޮށްގެން ނޫން ކަމަށް ބުނެ، އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އެ ކޮމިޝަނުން މިރޭ ރައްދު ދީފިއެވެ.
ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަން ފެށުމާއެކުގައެވެ.
އެ ކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ މިއީ ކޯޓުތައް ކޮންޓްރޯލްކުރަން، ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.