ދެ އަހަރުން ކުރެވުނު ކަމެއް ވިދާޅުނުވެ، ރައީސް އަަދިވެސް ވިދާޅުވަނީ ކުރައްވާނެ ކަންކަން: ޔާމީން

ސަން

22 ނޮވެމްބަރު 2025 | ހޮނިހިރު | 9:53

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭ ހާސިލްކުރެވުނު ކަމެއް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވިދާޅުނުވެވޭ ކަމަށާއި، ވިދާޅުވަމުން ގެންދަވަނީ ކުރިއަށް ކުރައްވާނެ ކަންކަން ކަމަށް ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން މި މަހުގެ 14ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވީ މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ. ހައްތަހާ ވެސް ވިދާޅުވަމުން ގެންދެވީ ކުރިއަށް ކުރައްވާނެ ކަންކަމުގެ ވާހަކަފުޅުތައް ކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އެކި ތަންތަނުން ބިން ހިއްކައި ގޯތި ދެއްވާނެ ވާހަކަފުޅުކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް