ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ވެސް ''ގެއްލި''، މައްސަލަ ބަލަނީ
ސަން
22 ނޮވެމްބަރު 2025 | ހޮނިހިރު | 10:34
ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން ހަ ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށެވެ.
އެ ކާޓަންތައް ގެއްލިފައިވާ ކަން ފުލުހުންނަށް އެނގުނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށްވާއިރު، އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި 23ގައި، އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނައި ތަކެތި ކަމަށް ފުލުހުން ބުނެއެވެ.