ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ދެ އަހަރުތެރޭ 24 މީހަކަށް އެހީ ފޯރުކޮށްދީފި
ސަން
22 ނޮވެމްބަރު 2025 | ހޮނިހިރު | 11:43
މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން 24 މީހަކަށް ބޯންމެރޯ ހަދައިދިނުމަށް ޒަކާތު ފަންޑުން އެހީދިންކަން ހާމަވެއްޖެއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވަނީ، ނޮވެންބަރު، 2023އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޯންމެރޯއަށް ދިން އެހީގެ ހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުތެރޭ، އޮކްޓޫބަރުގެ ނިޔަލަށް 10 މީހަކަށް ބޯންމެރޯ ހަދައިދޭން 1.5 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.