އިސްލާމީ ދާއިރާއިން ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިނގަމުން އެބަދޭ: މިނިސްޓަރު

ސަން

22 ނޮވެމްބަރު 2025 | ހޮނިހިރު | 12:41

އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި، ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތަކުގައި ސޮއިކޮށް، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް އެބަ ހިނގައެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި ވަގުފް މަރުކަޒުތަކާއި ގުރުއާނުގެ މަރުކަޒުތަކުގެ މަސައްކަތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް