ސަބްސިޑީއަށް ބަޖެޓުކުރީ 1.9 ބިލިއަން، ޚަރަދު ތިން ބިލިއަނަށް
ސަން
22 ނޮވެމްބަރު 2025 | ހޮނިހިރު | 2:01
މި އަހަރު ސަބްސިޑީއަށް ބަޖެޓުގައި ޖެހީ 1.9 ބިލިއަން ރުފިޔާ ނަމަވެސް، ކުރި ޚަރަދު ތިން ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން ދައްކާ ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ސަބްސިޑީއަށް ކުރި ޚަރަދު ވަނީ ބަޖެޓުކުރި ވަރަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މި އަހަރު ސަބްސިޑީ ޚަރަދު ވަނީ ކުޑަވެފައެވެ. އެގޮތުން މި އަހަރު ތިން ބިލިއަން ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެންބަރު 13އާ ހަމައަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.