ސިނގިރޭޓުތައް ގެއްލުން: "ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުލުހަކަށް ފުރުސަތެއް ނުދޭނަން"

ސަން

22 ނޮވެމްބަރު 2025 | ހޮނިހިރު | 3:25

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާއިރު، ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުލަހަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ވަނީ، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ގަވައިދާ ޚިލާފަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންފެ ބެލުމުގެ ދަށުގައި ހުރި 32 ކާޓަންގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު ވަނީ ގެއްލިފައެވެ.

މައުޟޫޢުތަށް