އަހަރު ނިމޭއިރު، ސްޓޫޑެންޓް ލޯނަށް ކުރާ ޚަރަދު 132 މިލިއަން ދަށަށް

ސަން

22 ނޮވެމްބަރު 2025 | ހޮނިހިރު | 7:41

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 132.9 މިލިއަން ރުފިޔާ ދަށްވެއްޖެއެވެ.

ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައިވަނީ 768 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލު ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައިވަނީ 491.6 މިލިއަން ރުފިޔާއެވެ.

މައުޟޫޢުތަށް