50 އެނދު ގާއިމުކުރާ ގޮތަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ސަން
22 ނޮވެމްބަރު 2025 | ހޮނިހިރު | 9:25
ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައި, އަމަލީ މަސައްކަތް ފަށައިފިއެވެ.
ހަތަރު ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ.
ދެ އަހަރާއި ދެ މަހުން ނިންމާ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކުރީ 185.6 މިލިއަން ރުފިޔާއަށެވެ.