މިއަހަރު ނިމުމުގެ ކުރިން ވީއައިއޭގެ އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ނިމޭނެ: ޠާރިގު

ސަން

22 ނޮވެމްބަރު 2025 | ހޮނިހިރު | 10:37

މިއަހަރު ނިމުމުގެ ކުރިން މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ބައިނަލްއަގުވާމީ އާ ޓާމިނަލަށް ބައިނަލްއަގުވާމީ ހުރިހާ އެއާލައިނެއް ބަދަލުކޮށް ނިމޭނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް ދެއްވި ބަސްދީގަތުމެއްގައި ޠާރިގު ވިދާޅުވީ، އާ ޓާމިނަލުން ޚިދުމަތް ދޭން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފަށައި، ބައިނަލްއަގުވާމީ އެއާލައިންތަކުގެ ހުރިހާ އޮޕަރޭޝަނެއް، އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު އަންނަ އިންޓަނޭޝަނަލް ހުރިހާ ފްލައިޓްތަކެއްވެސް އާ ޓަރމިނަލުން ޚިދުމަތް ދޭގޮތަށް މަސައްކަތް ފެއްޓިގެންދާނެ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް،" ޠާރިގު ވިދާޅުވިއެވެ.

މައުޟޫޢުތަށް