ކުޑަކުއްޖަކަށް ބިރުދައްކައި ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ބަލަނީ

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 10:52

މެދުރާއްޖެ ތެރޭ ރަށެއްގައި އެންމެ 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނާ މައްސަލައެއް މިނިސްޓްރީ އޮފް ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ބަލަން ފަށައިފިއެވެ.

މިފަދަ މައްސަލައެއް ހިނގައިގެން އުޅޭކަން ފެންމަތިވީ އެ ކުއްޖާގެ އާއިލީ ބަޔަކު މި މައްސަލައިގެ ވާހަކަ ސޯޝަލް މީޑިއާގައި ދެއްކުމުންނެވެ.

ސޯޝަލް މީޑިއާގައި މިކަމުގެ ތަފްސީލް ހިއްސާކުރަމުން އެ ކުއްޖާގެ މާމަ ބުނީ، މެދުރާއްޖެތެރޭގެ ރަށެއްގައި މި ހާދިސާ ހިނގީ އިއްޔެ އިރުއޮއްސުނު ވަގުތު, މަޣްރިބު ނަމާދަށް މިސްކިތަށް އެ ކުއްޖާ ދަނިކޮށް ކަމަށެވެ.

މައުޟޫޢުތަށް