ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ފައިސަލް ފުވައްމުލަކުގައި

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 12:15

ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ފުވައްމުލައް ސިޓީގައި އެމްޑީޕީ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.

އަންނަ މާރިޗު މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ކެމްޕެއިން ކޮށްދިނުމަށްޓަކައި ފައިސަލް އުފަންރަށް ފުވައްމުލަކަށް ވަޑައިގަތީ އިއްޔެއެވެ. ފައިސަލްގެ އިތުރުން، ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ހިމެނިވަޑައިގަންނަވާ ޓީމެއް ރޭ ވަނީ ފުވައްމުލަކަށް ފުރާވަޑައިގެންފައެވެ.

މި ދަތުރުގައި ފައިސަލާ އެކު ދިޔަ ވަފުދުގައި ބައިވެރިވި މީހަކު "ސަން"އަށް މައުލޫމާތުދިން ގޮތުގައި ފައިޞަލް އިއްޔެ ފުވައްމުލަކަށް ދަތުރުކުރައްވައި، އެ ރަށުގެ ބައެއް އާންމުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެ ރަށުގައި ކުރީ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައިވެއެވެ.

މައުޟޫޢުތަށް