ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 11:43
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ތަޖުރިބާކުރަމުންދާ ހުޅަނގު މޫސުމުގެ އަސަރު ގަދަވާން ފަށައިފައިވާ ކަމަށެވެ. އަދި މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށާއި ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
އެހެން ނަމަވެސް، އަންނަ ހަފްތާގައި މޫސުން އަލިވުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.