ރައީސްގެ އަންގަވައިގެން ހިންގި ބޮޑު ޑުރަގު އޮޕަރޭޝަންގެ މައުލޫމާތު ސިއްރު!

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 2:28

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ފުލުހުން ހިންގި ބޮޑު ޑުރަގު އޮޕަރޭޝަންއާ ގުޅޭ ތަފުސީލުތައް ހިއްސާކުރަން ފުލުހުން ދެކޮޅު ހަދައިފިއެވެ.

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ބޮޑު ޑުރަގު އޮޕަރޭޝަނެއް ހިންގީ މި މަހު 13 ގައެވެ.

އެ އޮޕަރޭޝަން އިއުލާނުކުރެއްވީ ސީދާ ރައީސް މުއިއްޒެވެ. އެ ދުވަހު އެ މަނިކުފާނު ވިދާޅުވީ، އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރާ އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށެވެ.

މައުޟޫޢުތަށް