ނުރަސްމީ ގަޑީ ރަސްމީ މަސައްކަތް ކުރެވޭހެން "ފްލެކްސިބިލިޓީ އުސޫލް" ތައާރަފްކޮށްފި
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 12:52
ބައެއް އޮފީސްތަކުގައި މަސައްކަތް ރޭވިފައި ހުންނަ ގޮތުގެ ސަބަބުން، ސަރުކާރުގެ ރަސްމީ ގަޑީ، މަސައްކަތް ކުރަން ދަތިވާ މުވައްޒަފުންނަށް ނުރަސްމީ ގަޑީ، ރަސްމީ މަސައްކަތް ކުރެވޭހެން އުސޫލެއް ތައާރަފްކޮށްފިއެވެ.
"ސަން"އާ ވާހަކަދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ބައެއް ފަންނީ މަސައްކަތްތައްކަމަށްވާ، އައިޓީ އޮފިސަރުންނާއި، މެެއިންޓެނެންސް އޮފިސަރުން ފަދަ މަގާމުތަކުގެ މަސައްކަތަކީ ސަރުކާރުގެ ރަސްމީ ގަޑި ކަމަށް ކަނޑައަޅައިފައި އޮންނަ ވަގުތުގައި ބައެއް ހާލަތްތަކުގައި ނުކުރެވޭ މަސައްކަަތް ކަމަށެވެ.
އެގޮތުން އޮފީހެއްގެ ސޮފްޓްވެއާތައް އަޕްޑޭޓުކުރުމާއި، އެހެނިހެން މަސައްކަތަކީ މުވައްޒަފުން ރަސްމީ ގަޑީ މަސައްކަތް ކުރާ ވަގުތު ކުރަން ދަތިވާ ފަދަ ކަންކަން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.