ހަފުތާ ބަންދުގައި 22 އުޅަނދު ޓޯކޮށްފި، ގިނައީ ލައިސެންސް ނެތި ދުއްވި އުޅަނދު
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 4:08
މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި މާލެއާއި ހުޅުމާލެއިން 22 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރުމާއި، ނުރައްކާތެރިކޮށް ދުއްވާ މީހުންގެ އުޅަނދު ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިހާރަކަށް އައިސް އިތުރުކޮށްފައެވެ.
މިދިޔަ ދެ ދުވަހު ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުން ފުލުހުން ބުނީ، ހުޅުމާލެއިން ޖުމުލަ 20 އުޅަނދު ޓޯކުރި ކަމަށެވެ. އެއީ، 19 ސައިކަލާއި، ހަތަރުފުރޮޅުލީ އެއް އުޅަނދެވެ. އަދި، މާލެެއިން ޖުމުލަ ދެ ސައިކަލު ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.