ޖޭއެސްސީން މައްސަލަ ބަލަނިކޮށް، ހައިކޯޓުގެ ފަނޑިޔާރު ފައިސަލް އިސްތިއުފާދެއްވައިފި

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 3:29

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފައިސަލް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާންކޮށް، ހައިކޯޓުންވަނީ ފައިސަލްގެ ހިދުމަތަށް ސޯޝަލް މީޑިއާގައި ޝުކުރު އަދާކޮށްފައެވެ. އެހެންނަމަވެސް، ފައިސަލް އިސްތިއުފާ ދިން ސަބަބެއް ހައިކޯޓަކުން ހާމަ ނުކުރެއެވެ.

ފައިސަލް މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދިންއިރު، ފައިސަލް ހިމެނޭހެން ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރުންނެވެ.

މައުޟޫޢުތަށް