ގޭންގްތަކާ ދެކޮޅަށް 576 ތަނެއް ބަލައި، 6 އުޅަނދު ޓޯކޮށްފި

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 3:22

ގޭންގްތަކާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހަފުތާ ބަންދުގެ ތެރޭގައި 576 ތަނެއް ބަލައި ފާސްކޮށް، ހަ އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގޭންގްތަކާ ދެކޮޅަށް ހަރުކަށި އާ ގާނޫނެއް ހަދައި، ފުލުހުންނަށް ގިނަ ބާރުތަކެއް ވަނީ ދީފައެވެ.

މިދިޔަ ހަފުތާ ބަންދުގައި ފުލުހުން ހިންގި ބައެއް އޮޕަރޭޝަންތަކުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފައިވާއިރު، ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ނުވަތަ ގޭންގް ކުށްތައް ހުއްޓުވަން ޚާއްސަ ޑިޕާޓްމަންޓުން ވަނީ 48 ގަޑިއިރުގެ ތެރޭގައި 576 ތަނެއް ބަލައި ފާސްކޮށްފައެވެ.

މައުޟޫޢުތަށް