ކުރީގެ މެންބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 5:12

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުށީ ދާއިރާގެ މެންބަރުކަން ކުރެއްވި ޖަމީލް އުސްމާން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ކުރި އިއުލާނުގައި ބުނީ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހުޅުމާލެ ގޯތި ނަންބަރު 10718، އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަނުކޮށްފައިވާ ކަމަށެވެ.

ޖަމީލް އުސްމާނަކީ މިވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު ވެރިކަން ކުރި ޕާޓީ ޕީޕީއެމްގެ ޓިކެޓުގައި ގެމަނަފުށީ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

މައުޟޫޢުތަށް