ބޭހަށް ޚާއްސަ ކުންފުނި އުފެއްދިތާ ދެ މަސް, ބޭސް ނުލިބޭ ކަމުގެ ޝަކުވާ އަދިވެސް ބޮޑު!
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 7:05
މިއަދު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދައްކަނީ ތުއްތު ކުއްޖަކަށް ބޭސް ހޯދުމަށް ފަނަރަ ފާމަސީއަކަށް ގޮސްގެން ވެސް އެއްވެސް ތަނަކުން އެކުއްޖާއަށް ބޭނުންވާ ބޭސް ނުލިބުނު ވާހަކައެެވެ. މި ޕޯސްޓު ލިޔުނު މޯލްޑިވިއަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނީފާ ވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯގެ ފާމަސީތަކުން ވެސް ހޯދަން އުޅުނު ބޭސް ނުލިބުނުކަން ފާހަގަކޮށްފައެވެ.
ޖެނީފާ ގޮތަށް އެހެން މީހުން ވެސް ދަނީ އެކި ވައްތަރުގެ ބޭސްތައް ނުލިބިގެން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ހަކުރު ބަލީގެ ބަލި މީހުންނާއި އެހެނިހެން ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުން، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތައް ހިމެނެއެވެ.
އޮޓޯ އިމިއުން ބައްޔަކަށް ފަރުވާ ހޯދަމުންދާ ބަލިމީހެއް މައުލޫމާތުދިން ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ 'ސިމްޕޮނީ' ބްރޭންޑްގެ 'ގޮލިމުބެބް' އިންޖެކްޝަން ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް ކުރިން އެސްޓީއޯއިން ހަ މަހުން ގެންނަ ބޭސް މިހާރު އެތެރެކުރަނީ އަށް މަހުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެސްޓީއޯ އިން އެ ބްރޭންޑުގެ 'ގޮލިމުރެލް' ވިއްކި ފަހުން އޭނާގެ ހާލަތު ގޯސްވެ، އިންޑިއާއަށް ދާން ޖެހުނު ކަމަށް ބަލިމީހާ ބުންޏެވެ.