ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ނޫން، ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅެންޖެހޭ: އެމްޑީއޭ

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 6:25

ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ނޫން ކަމަށާއި، ކުޑަކުދިން ހިންގާ އަނިޔާވެރި ކުށްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ގާނޫނުގައި ސާފު އުސޫލުތައް ކަނޑައަޅާފައިވާއިރު، އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ބުނެފިއެވެ.

އެމްޑީއޭއިން އެފަދައިން ބުނެފައިވާއިރު މެދުރާއްޖެ ތެރޭ ރަށެއްގައި އެންމެ 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނާ މައްސަލައެއް މިނިސްޓްރީ އޮފް ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ވަނީ ބަލަން ފަށައިފައެވެ.

އިއްޔެއާއި މިއަދު، މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިންތަކަކަށް އަމާޒުކޮށްގެން ދެވުނު ހަމަލާތައް އެމްޑީއޭއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެކަމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި އެ ހާދިސާތަކުގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކެއް ބައިވެރިވެފައިވާކަން ފާހަގަކޮށް އެ ޕާޓީން ވަނީ އެފަދަ ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލައިފައެވެ.

މައުޟޫޢުތަށް