އިމިގްރޭޝަން އެއްކޮށް ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 7:37
މިމަހުގެ 10ވަނަ ދުވަހު އިމިގްރޭޝަނުން ތައާރަފްކުރި އޮންލައިންކޮށް ވިސާ ނެގޭ ނިޒާމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
އެހެންކަމުން ބިދޭސީންގެ މަސައްކަތު ވިސާއާއި އެހެނިހެން ވިސާ ޖެހުމަށް ދެން އެދެވޭނީ އިމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.
ބިދޭސީންގެ މަސައްކަތު ވިސާ އާ ކުރުމަށް ނުވަތަ އާ ވިސާއެއް ހޯދަން ބޭނުންނަމަ އިމިގްރޭޝަންގެ ސައިޓަށް ވަނުމަށްފަހު 'ޑްރޮޕް ޑައުން މެނޫ'އިން ވިސާ ނެގުމަށްފަހު 'ވޯކް ވިސާ' އަށް ގޮސް 'އޮންލައިން އެކްސްޕަޓް ސިސްޓަމަ'ށް ވަންނާށެވެ.