ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ސައޫދީއާއެކު ފަސް އަހަރުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 7:45

ރާއްޖޭގެ ޝަރުއީ ނިޒާމާއި އިދާރީ އުސޫލުތަކާއި ގާނޫނީ އުސޫލުތައް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުން އިތުރުކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ސައޫދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީއާއެކު ފަސް އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސުޕްރީމް ކޯޓާއި ސައޫދީގެ ޖަސްޓިސް މިނިސްޓްރީން މި ފަހުމުނާމާގައި މިއަދު ސޮއިކުރީ ސައޫދީގެ ވެރިރަށް ރިޔާޟުގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގައެވެ.

އެގޮތުން މި ފަހުމުނާމާގައި ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އަދި ސައޫދީގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖަސްޓިސް މިނިސްޓަރު ޑރ. ވަލީދު ބިން މުޙައްމަދު އައް-ޞަމްޢާނީއެވެ.

މައުޟޫޢުތަށް