މިއަދު އިސްތިއުފާދެއްވި ފަނޑިޔާރު ފައިސަލްގެ މައްސަލަތަކެއް އޭސީސީން ބަލަނީ
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 8:28
މިއަދު އިސްތިއުފާދެއްވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާމަކޮށްފިއެވެ.
މައްސަލައިގެ އިތުރު ތަފްސީލެއް ހާމަނުކުރި ނަމަވެސް، އޭސީސީން 'ސަން'އަށް ބުނީ، ހައިކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ.
އެއީ ކޮން ފަނޑިޔާރެއްކަން ނުބުނި ނަމަވެސް، 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ފަނޑިޔާރަކީ ފައިސަލެވެ.