ތިލަމާލެ ބުރިޖުގެ މަސައްކަތު ދުވެލި ބޭނުންވި ވަރަށް ވުރެ ލަސް، ތާރީޚަށް ނުނިމިދާނެ: މުއްތަލިބު

ސަން

23 ނޮވެމްބަރު 2025 | އާދިއްތަ | 10:15

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ އެފަދަ މަސައްކަތެއް އަލަށް ކުރާ ކުންފުންޏަކަށް ވުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި، ބުރިޖުގެ މަސައްކަތު ދުވެލި ސަރުކާރުން ބޭނުންވާ ވަރަށްވުރެ ލަސްކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ އޮތޮޅު ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސަރުކާރުން ބޭނުންވި ދުވެލީގައި ބުރިޖުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

އެހެންކަމުން ކޮންޓްރެކްޓަރުގައި ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވާ ތާރީޚަށް ނުނިމިދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންނަމަވެސް ސީދާ ނިމޭނެ ތާރީޚެއް ވިދާޅެއްނުވެއެވެ.

މައުޟޫޢުތަށް