ވިލިމާލެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށައި، ދެ އަހަރުތެރޭ ނިމޭނެ: މުއްތަލިބު
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 11:49
އަންނަ އަހަރުގެ މެދުތެރޭ ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަށައި، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.
ވިލިމާލޭ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުގައި ގިނަ މަރުހަލާތަކެއް އެކުލެވޭ ކަމަށެވެ.
އެގޮތުން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނީ އޭގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.