ނަޝީދުގެ ތައުރީފު ފައްޔާޒަށް؛ ޕާޓީގެ ހައްގުގައި އެތައް ޚިދުމަތެއްކޮށް، ޖެހިލުންވުމެއް ނެތި ޖަލަށް ވެސް ވަޑައިގަތް!
ސަން
23 ނޮވެމްބަރު 2025 | އާދިއްތަ | 11:24
މިރޭ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލަކީ ޕާޓީގެ ހައްގުގައި ގިނަ ގުނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ އަދި އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިފިއެވެ.
ފައްޔާޒު އިސްތިއުފާދެއްވިކަން އެނގުނީ މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ. ޕާޓީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި ނަމަވެސް ފައްޔާޒު އަދިވެސް ހުންނެވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ފައްޔާޒު ވަނީ ނުހަނު ގިނަ ގުނަ ޚިދުމަތްތައް ކޮށްދެއްވާފައި ކަމަށެވެ. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި، ޖަލަށް ދާން ޖެހުނު ވަގުތުގައި ވެސް އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތައުރީފުކުރައްވައިފައެވެ.