ޗެއާޕާސަންކަމުން އިސްތިއުފާދެއްވީ ޕާޓީގެ އިސްވެރިންގެ މައްޗަށް ބަސް ބުނުމުގެ ފުރުސަތު ހުޅުވާލަން: ފައްޔާޒް

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 12:20

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި އެއް ސަބަބަކީ އެ ޕާޓީގެ އިސްވެރިންގެ މައްޗަށް މެންބަރުން ބަސްބުނުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ކަމަށް، ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

މީގެ ތިން އަހަރުކުރިން މެއި 23، 2022ގައި ފައްޔާޒް ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ އޭރުގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވައި އެ ޕާޓީގެ އިދާރާއަށް ފޮނުއްވި ސިޓީގައި އިސްތިއުފާދެއްވި ތިން ސަބަބެއް ފައްޔާޒް ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް